ސްރީލަންކާގައި ހައްޔަރުކޮށްފައި ތިބި ދެ ދިވެއްސެއްގެ ބަންދަށް ތިން ދުވަސް މިއަދު އިތުރުކޮށްފިއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑައިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، އައިއެސްއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެންގުޅުން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް މިއަދު 3 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް ސްރީލަންކާގެ މަޝްރަހު އާއްމު ހާލަތަކަށް ނޭޅެއެވެ. މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ދަނީ މުސްލިމުންނާއި ދެކޮޅަށް ހަމަލާތައް ވެސް ދެމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *