ފަތުރުވެރިން ހޭލުންތެރިކުރުވުމަށް ހުޅުމާލޭ މޫދަށްއެރޭ ސަރަޙައްދުގައި، މިނިސްޓްރީ އޮފް ޓޫރިޒަމާއި ޓޫރިސްޓް ޕޮލިހާއި އަދި ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ބޯޑްތަކެއް ބަހައްޓައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން މޫދަށް އެރިއުޅުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި މޫދަށް އެރޭ ސަރހައްދުގައި ބޯޑްތައް ހަރުކުރުމުގެ ޕްރޮގްރާމު އިއްޔެ ބާއްވާފައިވާއިރު، އެ ޕްރޮގްރާމު އިފްތިތާހު ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އެގޮތުން މޫދަށް އެރިއުޅުމުގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ ނުވަތަ އެހީއެއް ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރުތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތާއި އިރުޝާދުތައް ހިމެނޭ ލިޔުންތައް އެ ބޯޑުތަކުގައިވެއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އިންޑަސްޓްރިއަލް ސެކިއުރިޓީ ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާންގެ އިތުރުން ޓޫރިސްޓް ޕޮލިސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ބައިވެރިވެލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *