މާލޭސިޓީގެ ގެއަކުން 1.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ޔުނިޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާފަންނު ގެއަކުން 1.2 ކިލޯގެ ކެނަބިސް އާއި 454 ގްރާމްގެ ހެރޮއިންގެ އިތުރުން ގްރާމެއް ހަމަނުވާ މިންވަރު ކޮކެއިން އަތުލައިގަންފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، މިހާރު އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.