މާލޭ ސިޓީގެ މަގުމައްޗަށް ކުޅު ޖެހުން މަނާކުރަން، މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރު ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރު މާލޭ މަގުތަކަށް ކުޅު ޖެހުން މަނާކުރުމަށް އެދުނީ، ބިދޭސީން ހާއްސަކޮށް ބަންގްލަދޭޝް މީހުން ވަރަށް އާއްމުކަމަކަށް ހަދައިގެން މަގުތައްމައްޗަށް ކުޅު ޖަހާކަން ފާހަގަކުރެވިފަައިވާތީއެވެ. އަދި އޭގެ ސަބަބުން ތަފާތު އެކި ބަލިތައް ފެތުރުމުގެ ބިރުވެސް އޮތުމުގެ ސަބަބުންނެވެ.

އެހެންކަމުން، ފެތުރެމުންދާ ތަފާތު ބަލިމަޑުކަންކަމަށް ހައްލެއް ގެނައުމަށްށާއި، މާލެ ސިޓީގެ މަގުތަކަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިސިޓީގެ މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާފައިވެއެވެ.

މާލޭގެ މަގުތަކަށް ކުޅު ޖެހުން މަނާކުރުމަށް ހުށަހަޅާފައިވާއިރު މިމަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ސިގިރޭޓް ބުއިން މަނާކުރަން ނިންމިނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ 6 މަސްދުވަސް ފަހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *