އައްޑޫސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރި ނިއްވާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، ހިތަދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 06:32 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއިއެކު ވަގުތުން އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށެވެ.
ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން ވަނީ ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލާފައެވެ. އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އަލިފާން އިތުރަށް ނުފެތުރޭނެ ގޮތަށް، ވެމްކޯގެ އެހީތެރިކަމާއެކު، އެސަރަޙައްދުގައި ހުރި ކުނިތައް ވަކިކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ޓީމުން ވަނީ ކޮށްފައި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ވެސް ގެއްލުން ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.