މާލޭގެ އެންމެ އާރުލާ ބިނާތަކެވެ. ކުރިމަތީގައި އެހުރީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅެވެ. މާދުރުނޫން ހިސާބެއްގައި އެހުރީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ މިސްކިތް, "މާލޭ ހުކުރު މިސްކިތެވެ".  ހުޅަނގަށް ބަލާލުމުން ފެންނާނީ ރާއްޖޭގައި މިހާތަނަށް ހެދިފައި އޮތް އެންމެ ރީތި ޕާކެވެ. އާދެ ރަސްރަނި ބަގީޗާއެވެ. މި ހުރިހާ ތަނެއް ހުރި މި ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ޝަހީދު އަބްދުﷲ ޒުހެއިރު ހިގުމާއި، ދަރުމަވަންތަ މަގާއި ޖެހޭ ކަންމަތީގައި ހުންނަ ޑައިޓް ނޯ މޯ އިންނެވެ.

D

ޑައިޓް ނޯ މޯއިން މިފަހަރުގެ ރަމަޟާން މަހަށް ހާއްސަ އިފްތާރު މެނޫއެއް ތައާރަފްކޮށްފައިވާއިރު، އެ މެނޫގައި ދިވެހި ވަންތަ ގިނަ ކެއުންތައް ހިމެނިފައިވެއެވެ. އަދި ދިވެހި ކެއުންތަކުގެ އިތުރުން ދެކުނު އޭޝިއާ އާއި، މެދުއިރުމަތި އަދި ޔޫރަޕުގެ ޤައުމުތަކުގެ މަޝްހޫރު ކެއުންތަކާއި، ލުއިކާނާތައްވެސް އެ މެނޫގައި ހިމަނާފައިވެއެވެ.

ރަށްޓެއްސެއްގެ އެދުމުގެ މަތިން އެއް ދުވަހެއްގައި ޑައިޓް ނޯ މޯއަށް އަޖުމަ ބަލާލުމަށް ދިޔައީމެވެ. އެތަނުގެ އިފްތާރު މެނޫގައި ހުންނަ ތަކެތީގެ މީރުކަން އަމިއްލައަށް ތަޖުރިބާކޮށްލުމަށެވެ. އަަހަރެންގެ އެކުވެރިޔާއާއި އެކު ޑައިޓް ނޯ މޯއަށް ވަނީމެވެ. ޑައިޓް ނޯ މޯގެ އިމުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކުގައިވެސް ނޭފަތު ކުރީގައ ޖެހުނީ އެތަނުގެ ކާތަކެތީގެ މީރު ވަހެވެ. ކުޅުދިޔާވިއެއް ކަމަކު ރޯދައަށް ހުރުމުން ޖެހުނީ ކުޑަ އިންތިޒާރެއް ކުރާށެވެ. ޑައިޓް ނޯ މޯ އަކީ ހިތްގައިމު މަންޒިލެކެވެ. އެތަނުގެ ފާރުތަކުގެ ޑިޒައިންތަކުން ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އެއީ ބިޔަ އަނބުގަހެއްގެ ހިޔަލުގައި ހުރި ފެހި މާހައުލެވެ. ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. ހާސްވުން ކުޑަ އޯޕަން މާހައުލެކެވެ.


ދެން އޮތީ ރަހައެވެ. އެތަނުގެ އިފްތާރެވެ. ބޮލަކަށް 190 ރުފިޔާއަށް ލިބޭ އިފްތާރު، ހަތަރު އަހަރާއި ދިހަ އަހަރުގެ ކުދިންނަށް 110 ރުފިޔާއަށް ލިބޭނެއެވެ. އަދި ތިން އަހަރުން ދަށުގެ ކުދިންނަށް ޑައެޓް ނޯ މޯއިން ހިލޭ ރޯދަވީއްލުން ލިބިގެންދާނެއެވެ. އަދި 12 މީހުންނާއި އާއި 15 މީހުންގެ އޯޑަރުތަކަށް ޖުމްލަ އަގުން 7 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ޑައެޓް ނޯ މޯއިން ކަސްޓަމް ބުކިންގެ ހިދުމަތްވެސް ލިބެން ހުންނައިރު އެތަނަކީ އާއިލާތައް އެކުގައި ރޯދަވީއްލާލުމަށްވެސް ހިތްފަސޭހަ މާހައުލެކެވެ. ކޮންމެ ދުވަހު ހާއްސަ އިފްރާތު މެނޫއެއް އޮންނަ ޑައިޓް ނޯ މޯއަށް އަހަރެމެން ދިޔައިރުވެސް ހުރީ ވަރަށް ތަފާތު އިފްތާރެކެވެ. ފޮނިކާއެއްޗެއްސާ ކުޅު ދިޔާވާ ކަހަލަ ގެރިމަހެކެވެ. ހޫނުކަންމަތީ އެތަކެތި ފެންނަން ހުރުމުން ކުޅު ދިޔާ ނުވެ ނުދާނެއެވެ.

ގަޑިން 6:10 އެއް ވުމުން އެކުވެރިޔާއާއި އެކު އިފްތާރު ބުފޭގެ ކިއުއަށް އަރައި ވައްތަރަކުން އެއްޗެއް ތަށްޓަށް އަޅަމުން، މުޅި ތަށި ފުރެންދެން އެތަނުން އެއްޗެހި އެޅީމެވެ. އަދި އެކުވެރިޔާއާއި އެކު މަތީ ފްލޯރއަށް އެރިއިރު އަހަރެމެން އިށީންނަން ހަމަޖެހިފައިވާ ގޮޑިއާއި މޭޒު ހުރީ ތައްޔާރަށެވެ. ކައިރީގައި ދެވައްތަރެއްގެ ފަނި ހުރި އިރު ކަނދުރާއި ހެދިކާވެސް ހުއްޓެވެ.

ބަންޤީގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ބިސްމި ކިޔާ ކަދުރެއް ކާލީމެވެ. އެއަށް ފަހު ފުރަތަމަވެސް ކަނާތްފަރާތުގައި އިން އޮރެންޖު ފަނިތަށިން ކޯވަރެއް ބޯލީމެވެ. އަސްތާއެވެ. މީރުކަމުން ދެވަނަ ކޯވަރުވެސް ބޯލާ މުޅި ތަށި އެއްނޭވާއިން ހުސްކޮށްލީމެވެ. ދެން ހުރީ މިކްސަރުން ގިރާފައި ހުރި އަހަރެމެން ދިވެހިންނާއިވެސް ގުޅޭ ކަރާފަންޏެވެ. ކަރާފަނީގެ ރަހަވެސް ވަކި ދެރައެއް ނޫނެވެ. މަޑުފޮނި ރަހައެއްލާ އެ ބުއިންވެސް އަރުތެރެއިން އެތެރެވެގެންދިޔައީ ޖެހިލުމެއް ނެތިއެވެ.

ފަންޏަށް އިންސާފުކޮށްލުމަށްފަހު އަތައް އުލަކާއި ސަމްސަލެއް ހެޔޮވަރުކޮށްލުމަށް ފަހު ފުރަތަމަވެސް އެތަނުގެ ކަންކުން ބީފް ކޮޅެއް ކާލީމެވެ. ރަހައިގެ މީރުކަމުން ބޭއިހްތިޔާރުގައި "ހާދަ މީރޭ" ބުނެވުނެވެ. ޑައިޓް ނޯ މޯގެ އިފްތާރު މެނޫގައި  ލިބެން ހުރި ހުރިހާ ބާވަތެއްވެއް ހަމަ އެހާމެ މީރެވެ. ހާއްސަކޮށް ބީފްގެ ބާވަތްތަކުގެ ރަހަ ރަނގަޅެވެ.

ޑައިޓް ނޯ މޯގެ މީރު އިފްތާރުގެ ފަަހަތުގައި ވަނީ އެތަނުގެ ކުޅަދާނެ ޝެފެވެ. ކެއްކުމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްވާ ތަޖުރިބާކާރު އެ ޝެފަކީ، ގިނަ ރަހަތަކެއް ދަންނަ މޮޅު ޗެފެކެވެ.

ޑައިޓް ނޯ މޯއިން ފެނުނު އެންމެ ހާއްސަ އެއްކަމަކީ އެތަނުގެ ޝެފާއި، ވެއިޓަރުން ކަސްޓަމަރުންނާއި އެބަހަށްޓާ ގާތްކަމެވެ. އެ ވެއިޓަރުން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެނީ އުފަލާއި އެކު ޝުކުރުވެރިވާ ހާލުގައެވެ. ޑައިޓް ނޯ މޯއިން އެ ފޯރުކޮށްދިން ހިދުމަތް ގިނަ ކަސްޓަމަރުން ބަލައިގަތީ ހިނިތުންވުމާއި އެކުގައެވެ. ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ހަމަ މިތަނޭ ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *