ސަރުކާރުގެ މައި ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗް ހިންގުމާއި ތަރައްގީ ކުރުމުގައި ހެލްތް މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މެދަކާއި ހިސާބުން ވަނީ އައިޖީއެމްއެޗްގެ ހިންގުން އެ ހޮސްޕިޓަލްގެ ބޯޑާއި ހަވާލުކޮށްފައި ކަމަށާއި އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައިފަހުން އެ މަސައްކަތްވަނީ ބޯޑުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އާއި ހަވާލުކޮށްފައި ކަމަށެވެ.

"އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ލެވެލްގައި، އައިޖީއެމްއެޗް ހިންގުމުގައި އިދާރީ ގޮތުންނާއި ޚިދުމަތްތައް ގާއިމްކުރުމާއި އައިޖީއެމްއެޗުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓްރީ އަކީ ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން. އެކަންކަން ހަވާލުކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަކާ ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސީދާ ގޮތެއްގައި ހެލްތް މިނިސްޓްރީއިން އައިޖީއެމްއެޗްގެ ކަންތަކާއި ނޫޅުނަސް، އެކަމުގައި އޮތް ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *