މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް އިމްޕޯޓް އަދި އެކްސްޕޯޓް މުދަލުން ލިބުނު އަމްދަނީ 14 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅައިބަލާއިރު، މިއަހަރުގެ އޭޕްރީލް މަހު ދައުލަތަށް އެކްސްޕޯޓް އަދި އިމްޕޯޓް މުދަލުން ލިބުނު އާމްދަނީ ވަނީ 14 އިންސައްތަ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ދައުލަތަށް ފައިދާގެ ގޮތުގައި 262 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ދައުލަތަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ، 300 މިލިއަން ރުފިޔާއެވެ.

މީގެއިތުރުންވެސް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އޭޕްރީލް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ އެފް އޯ ބީ އަގު  2018 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާއިބަލާއިރު 9 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖެއިން 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު އެ އަދަދުވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑުންނެވެ. ދެވަނަ އަށް އެމެރިކާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *