ފައިވް ސްޓާ ފެންވަރަށް އެންމެ ޒަމާނީ ހިދުމަތްތަކާ އެކު، ކިހާ މޯލްޑިވްސްގެ އެންމެ ބޮޑެތި ރިސޯޓް ވިލާތައް ހުޅުވައިފި އެވެ.

އެގޮތުން ކޮންމެ ވިލާއަކަށް ސްވިމިން ޕޫލަކާއި އައުޓްޑޯ ޖަކޫސީއެއްގެ އިތުރުން ލަގްޒަރީ ޔޮޓަކާއި ޕްރައިވެޓް ބީޗެއް ވެސް ލިބޭނެ އެވެ. އަދި ސޯނާއެއްގެ އިތުރުން ސްޓީމް ރޫމެއް ވެސް ހިމެނެ އެވެ.

އެ ގޮތުން އެތާ ހަދާފައިވާ ކޮންމެ ކޮޓަރިއަކަށް ވަދެލުމުންވެސް ވަކި ރިޒޯތްއެއްގެ އިހުސާސް ކުރެވިގެންދާނެކަމަށް ކިހާ މޯލްޑިވްސްއިން ހާމަކުރައްވައެވެ. 

އެ ރިސޯޓުގެ "ސިގްނޭޗާ ރެޒިޑެންސް" ތަކުގެ ގޮތުގައި ފާހަގަކުރެވޭ 10 ރޫމަކީ ވަރަށް ބޮޑަށް ޕްރައިވެސީ ލިބޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މި ވިލާތައް އާއިލާތަކާއި އެކުވެރިންނަށް ވެސް ހާއްސަވާނެ ކަމަށް ކިހާ މޯލްޑިވްސް އިން ބުނެފައިވެ އެވެ.

މި ހާއްސަ ވިލާތަކުގެ އިތުރުން ކިހާ މޯލްޑީވްސްގައި 124 ވިލާ ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *