މިއަހަރުގެ ބަޖެޓުން ފައިސާލިބޭ ޕާޓީތަކުގެ ތެރެއިން، ޕީޕީއެމް ނޫން އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ،، 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ، އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. އަދި އެ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ، ޖޭޕީ އަދި އެމްޑީއޭ އަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ޓުވީޓާއި ގުޅޭގޮތުން، "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކްރަމު ވިދާޅުވީ، ޕީޕީއެމް އަށް ފައިސާ ދޫނުކޮށް ހިފަހެއްޓުމަށް އެކޮމިޝަނުން ނިންމީ، ޕީޕީއެމުން ހުށަހެޅި އަހަރީ ރިޕޯޓްގައި ބައެއް މައްސަލަތައް ހުރީމައި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިއަދު ޕީޕީއެމަށް، ވީހާވެސް އަވަހަކަށް އަހަރީ ރިޕޯޓް އިސްލާހުކޮށްފައި ހުށަހެޅުމަށް އެދިފައިވާނެ ކަމަށެވެ. 

އަކްރަމު އިތުރަށް ވިދާޅުވީ، ޕީޕީއެމުން އަހަރީ ރިޕޯޓް އިސްލާހުކޮށްފައި ފޮނުވިހާ އަވަހަކަށް، އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ދޫކޮށްދޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *