އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. 

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، މިމަޤާމަށް އައްޔަންކުރައްވާފައިވަނީ ރ.ކަނދޮޅުދޫ ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅުއެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. 

 އޭނާ އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަޤާމުގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ އަޙްމަދު މުޙައްމަދުފުޅަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުގެ މެމްބަރެއްވެސްމެއެވެ. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްޢޫލިއްޔަތަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމެވެ.

އަޙްމަދު މުޙައްމަދުފުޅަކީ "ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ހާޞިލްކުރެއްވުމަށްފަހު، "މާސްޓަރ އިން ސޯޝަލް ޕޮލިސީ" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *