ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އަށް އިންތިހާބުވެފައިވާ މެމްބަރުންގެ ހުވާ ކުރުމުގެ ޖަލްސާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 21:30 ގައި ބާއްވަން މަޖިލީހުގެ ސެކްރެޓޭރިއޭޓުން ނިންމައިފިއެވެ.

28 ވަނަ ދުވަހު ބާއްވާރައްޔިތުންގެ މަޖިލިހުގެ 19 ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ކަމަށް މަޖިލިހުގެ އިދާރާއިން ވަނީ މީގެ ކުރިން މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ގާނޫނު އަސާސީގައި ބުނެފައި ވަނީ އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުން ތިބި ނަމަ، ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މެމްބަރު ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސަކު އަދި ނައިބު ރައީސަކު ހޮވުން އޮންނާނެއެވެ.

އާ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *