ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީގައި ހުންނަ އަތޮޅު ފިހާރަތަކުގެ ފައިސާތައް، އަތޮޅު ކައުންސިލްގެ އެކައުންޓަށް ޖަމާކުރަން ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ބުނީ އަތޮޅުފިހާރަތަކުން ކައުންސިލްގެ އެކައުންޓްތަކަށް ފުރަތަމަ ޖަމާކުރާނީ 2015 ވަނަ އަހަރުން ފެށިގެން ހުރި ފައިސާކަމަށެވެ.

މީގެ ކުރިން އެންމެ ފަހުން އަތޮޅުފިހާރަތަކުން އަތޮޅުކައުންސިލަށް ފައިސާ ދީފައިވަނީ 2014 ވަނަ އަހަރުގައެވެ.

ފިނޭންސް މިނިސްޓްރީއިން އިތުރަށް ވިދާޅުވީ 16 އަތޮޅު ކައުންސިލަކަށް 12 މިލިއަންއަށް ވުރެ ގިނަ ފައިސާ ޖަމާކޮށްދީފައިވާނެކަމަށާއި، ފައިށ ޖަމާކޮށްނުދެވޭ ހަތަރު އަތޮޅު ކައުންސިލަކަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އަތޮޅު ފިހާރަތަކަކީ މުހިންމު ވަސީލަތެއް ކަމަށާއި އަތޮޅު ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށެވެ.

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލީގެ 50 އިންސައްތަ ލިބޭނީ އަތޮޅު ކައުންސިލްތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *