ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލިމީހަކަށް އެމްއެންޑީއެފުން އެހީތެެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އިންޑިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުުރު ކުރި "އެމްވީ ސީއީވީޑީއީޓީ - އޭ" ގައި ހާލު ބޮޑު ބަލިމީހާއާއި ގުޅޭ ރިޕޯޓް އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު 16:57 ހާއިރު ކަމަށެވެ. އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ހުއްދައާއި އެކު މިއަދު ހެނދުނު 7:40 ހާއިރު، އެބޯޓު ވަނީ  ސ.ހުޅުމީދޫ ދެކުނުން 05 ނޯޓިކަލް މޭލާއި ހަމައަށް ކައިިރިކޮށްފައި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެ ބޯޓު، ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއަށް ނަގާފައި ކަމަށެވެ.

އަދި އެ ބަލި މީހާ އައްޑޫ ސިޓީ ފޭދޫއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ވަނީ ގެންގޮސްދީފައި ކަމަށާއި، އެމީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ ބަނޑުގައި ރިއްސާ ކުއްލި ހާލަތުގައި ސިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *