ބޭނުންވާ ތަކެތި
2 ސައިސަމުސާ ވެނީލާ އެސެންސް
1 ޕެކެޓް މާރީ ބިސްކޯދު
2 ޖޯޑު މައިލޯ
1 ދަޅުގެރިކިރު
150ގ ބަޓަރ
4 ބިސް
ތައްޔާރުކުރާނެ ގޮތް
ބެޓިކް ކޭކު ތައްޔާރުކުރުމަށް ފުރަތަމަ މައިލޯ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅާލުމަށް ފަހު ރަގަޅަށް ގިރާލާށެވެ. ދެން ބިސްތައްކުގެ ތެރެއަށް ބަޓަރު ކޮޅު އެޅުމަށްފަހު ފުލުގައި ހިފިޔަނުދީ މަޑުގިނީގައި ކައްކާށެވެ. ހިކިކޮށް ހުންނަވަރަށް ( ކަސްޓަޑު ގޮތަށް) ކެކުމުން އުދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ( 2/1 އިންޗި ) ވަރުގެ ފަށަލައަކަށްވާ ގޮތަށް ޓްރޭގެ ތެރެއަށް މައިލޯ އޮއްސާލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އޯޑަރުން އަތުރާށެވެ. އޭގެ ފަހުގައި ބިސްކޯދު ތަކުގެ މައްޗަށް މައިލޯ އެތި އޮއްސާލާށެވެ. ދެން އޭގެ މަތީގައި ބިސްކޯދު ތައް އަތުރާށެވެ. މިގޮތަށް ބިސްކޯދުތައް (އެއްފަށަލަ މައްޗަށް އަނެއްފަށަލަ ) ހުސްވަންދެން ތަކުރާކޮށް އަޅަމުން ގެންދާށެވެ. އެއަށްފަހު ޓްރޭގެ މަތިބަންދު ކުރުމައްފަހު ފްރިޖްގައި ދެތިން ގަޑިއިރުވަންދެން ބަހަށްޓާށެވެ.