ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީއިން) ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ކުރީގެރައީސް ޔާމީން މައްޗަށް ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާކޮށް އެ ފައިސާ ލޯންޑްކުރި މައްސަލާގައެވެ.
އެމަނިކުފާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ބެންޗު ބަދަލުކުރުމަށް ފަހު ހުކުމް ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
އެކަމާއި ބެހޭ ދެ އަޑުއެހުމެއް މިހާތަނަށް ސްުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، ޕީޖީން ވަނީ އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްވެސް ސުޕްރީމްކޯތުގައި އިސްތިއުނާފްކޮށްފައެވެ.
އެމައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ.