މާލޭ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ނިންމި ނިންމުން ތަންފީޒު ކުރާނީ ހަމަސް ފަހުންނެވެ.

އަދި ފުލުހުންނާއި ހެލްތު މިނިސްޓްރީއާއި މަޝްވަރާ ކުރުމަށް ފަހު އެކަމަށް ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމަނާ ކުރެވޭ ގޮތަށް މިހާރުވެސް ގާނޫނު އެބަ އޮތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *