ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތް ފަހުން އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކަށް ދައުލަތުން ދެއްކުމަށް ކޯޓުތަކުން ހުކުމް ކޮށްފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ބުނެފައިވަަނީ މިފަދައިން ގިނަ އަދަދެއްގެ ފައިސާ ދައުލަތުން އަމިއްލަ ފަރާތްތަކަށް ދޭން ހުކުމް ކޮށްފައިވާއިރު މި ފައިސާތައް ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެފައިސާ އަކީ ދޭންޖެހޭ ފައިސާކަން ކަށަވަރު ކޮށް ދައުލަތައް އެންމެ ރަނގަޅުގޮތް ހޯދައި ދިނުމަކީ ބަންޑާރަ ނައިބްގެ ވާޖިބެއް ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ މަހުގައި ދައުލަތުން ދީބާޖާ ކުންފުންޏަށް 348 މިލިއަން ދޭން ވަނީ ހުކުމްކޮށްފައެވެ. އަދި އެފައިސާ އެކުންފުންޏަށް ދޭން ހުކުމްކޮށްފައިވަނީ، އެއިރުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމެންޓާއެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިއާއި ގުޅިގެން ކޯޓުން ކުރި އަމުރެއްގެ ދަށުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *