މިއަދު މެންދުރު 13:00 ހާއިރުގައި މާލޭ ސިޓީގެ އުތުރު ހާބަރުން ވިލިމާލެއާއި ދިމާލުން މިސްރާބު ޖަހައިފައި ދިޔަ ބޯޓެއްގެ ވާތް ފަރާތުގައި، ކޮމާޝަލް ހާބަރުން ފިލާ އަރުވައި ބަރުކޮށްގެން ނުކުތް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ދޯނި ދުއްވި ކައްޕިގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ދެ އުޅަނދުވެސް ދުއްވަން ތިބި މީހުންގެ އަތުގައި ލައިސަންސް އޮތްނަމަވެސް ދެ އުޅަނދަށް ގެއްލުން ލިބުމުގެ ސަބަބުން މި އެކްސިޑެންޓްގައި އިހުމާލުވި ފަރާތްކަމަށްވާ، ދޯނި ދުއްވި ކައްޕިގެ ލައިސަންސް ހިފަހައްޓައިފައިވާކަމަށެވެ.

އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިނުވިނަމަވެސް ބޯޓުގައި ހުރި މުދަލުގެ އިތުރުން ދެ އުޅަނދަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް އާދަޔާ ޚިލާފަށް އެކްސިޑެންޓްތައް ގިނަކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ފުލުހުންނާއި ސިފައިން އަންނަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *