ރޯދަމަސް އައުމާއިއެކު ހެޔޮ އަމަލުތައް ކުރުމުގައި މުސްލިމުން އެހެން މަސްމަހާއި ޚިލާފަށް ހީވާގި ވާންޖެހެއެވެ. ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމުގައެވެ. އެ ގޮތުންވެސް ޖަމާއަތުގައި ނަމާދު ކުރެވޭތޯ އިސްކަންދޭން ވާނެއެވެ. ޒިކުރު ކުރުމާއި ދުޢާކުރުން އިތުރު ކުރެވެން ވާނެއެވެ. އެހެން މަސްތަކާއި ބަލާފަ ދީލަތިވާންވާނެއެވެ.

އަވައްޓެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ކެތްތެރިވާން ދަސްކުރަން ވާނެއެވެ. މިފަދައިން އަމަލުތައް ބަހައްޓައިފިނަމަ ރޯދަމަސް ހެޔޮ ގޮތުގައި ހޭދަކުރެވިގެން ދާނެއެވެ.

ހަމަ އެހެންމެ ރޯދަމަސް އައުމާއި އެކު އެންމެ މުހިންމުކޮށް ކުރަންޖެހޭ އެއް ކަމަކީ ދޫ ރައްކަތެރިކުރުމެވެ. މީގެ މާނައަކީ އެހެން ކުށްތައް ކުރާށެކޭ ނޫނެވެ. އެހެނަސް އެންމެ އިސްކަންދޭން ވާނެ އެއްކަމަކީ އެއީ އެވެ. އެ ގޮތުން އީބަ ބުނުން ފަދަ ކުށްތަކުން އެއްކިބާ ވާން ވާނެއެވެ.

އެފަދަ ކަންތަކުން އެއްކިބާވެ ހޮޔޮ ކަންތަކުގައި ދެމިހުންނަން އަޒުމު ކަނޑައަޅައި މަސައްކަތް ކޮށްފި މީހާއަށް ނަރަކައިގެ ދޮރުތައް ބަންދުވެގެން ދާނެއެވެ. ހަމަ އެހެންމެ ސުވަރުގޭގެ ދޮރުތައް އޭނާއަށްޓަކައި ހުޅުވިގެންދާނެއެވެ.

ހެޔޮގޮތުގައި ރޯދަމަސް ހޭދަކޮށްފި މީހާ ޝައްކެއް ނެތް ގޮތުގައި އޭނާގެ ކުށްތައް މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ފުއްސަވާނެއެވެ. އެއީ އޭނާ ކުރި ހެޔޮ ކަންތަކުގެ ސަބަބުންނެވެ.

އެހެންކަމުން މިފަހަރުގެ ރޯދަމަސް އެއީ ތިބާ ހެއްދެވި ފަރާތާއި އޮންނަ ގާތްކަން އިތުރަށް ބަދަހި ކުރެވޭނެ ފަދަ މަހެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *