އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރު ހައްޖު އެންޑް އުމްރާ ކުންފުނިން ސިިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ މިއަދު ފަށައިފި އެވެ.

ހައްޖަށް މީހުން ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުންފުނިތަކަށް މާކްސް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަނީ މާކްސް ދިނުމުގައި މިނިސްޓްރީން އަމަލުކުރީ މައުލޫމާތު ދިން ގޮތާ ޚިލާފަށް ކަމަށެވެ. އަދި އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ވެސް އެ މިނިސްޓްރީން އަމަލުކުރި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުންތައް މިއަދު ހެނދުނު ފެށުމުން ދައުލަތުން އެދުނީ ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށެވެ. އެހެންވެ، މާދަމާއާ ހަމައަށް ދައުލަތަށް ވަނީ ފުރުސަތު ދީފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާނީ ޑިސްޕިއުޓް މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމައެވެ.



0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *