ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ލެޑް ބޮކި ދޫކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، އެ މަސައްކަތް ކުރުމަށްޓަކައި ރާއްޖޭގެ ޔުޓިލިޓީ ކުންފުނިތަކާއި ލެޑް ބޮކިތައް ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރމެންޓް މިނިސްޓްރީގައި ލެޑްބޮކިތައް ކުންފުނިތަކަށް ހަވާލުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައިވަނީ، ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުނިކަމަށްވާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިތުރުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި, ލެޑް ބޮކިތައް ހަވާލުކޮށްފައެވެ.

އެ ކުންފުނިތަކާއި ލެޑް ބޮކިތައް ހަވާލުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ، ޑޮކްޓަރ ޙުސެއިން ރަޝީދު ހަސަންއެވެ. 

އިންޑިއާގެ، އީއީއެސްއެލް (އިންޑިއާގެ އެނާޖީ އެފީޝިއެންސީ ސާވިސަސް ލިމިޓެޑް) ކުންފުނިން ދިވެހި ސަރުކާރަށް ހަދިޔާ ކުރި 200،000 (ދެލައްކަ) ލެޑް ބޮކީގެ ތެރެއިން 5،000 ބޮކި ވަނީ މިިދިޔަ މަހު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބާކީ ހުރި 950،000 ލެޑް ބޮކި ފެނަކައާއި، އެމްޑަބްލިޔުއެސްސީގެ އިތުރުން ސްޓެލްކޯއާއި ހަވާލުކޮށްފައެވެ.

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލޭގެ މަގުތައް އަލިކުރުމަށް ބޭނުންވާ ލެޑް ބައްތިތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ސިޓީ ކައުންސިލުން އަންނަނީ މަގުބައްތިތައް މަގުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުޑަކުރަމުން ކަމަށެވެ.

މިނިސްޓަރު ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ، ކަރަންޓްގެ ހަރަދު ކުޑަކުރަން އެެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި ތިމާވެއްޓާއި ރަށްޓެހިގޮތެއްގައި ހަކަތަ ބޭނުން ކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

"ކަރަންޓުގެ ހަރަދު ކުޑަކުރަން އެންމެންވެސް މަސައްކަތް ކުރަން ޖެހޭ، ތިމާވެއްޓާއި ރަށްޓެހި ގޮތެއްގައި ހަކަތަ ބޭނުންކޮށް އަޅުގަނޑުމެންގެ ޖީބައް ލުއިކުރަން އެބަޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޔުޓިލިޓީ ކުންފުނިތަކާއި ހަވާލު ކުރެވުނު ލެޑް ބޮލިތަކަކީ ތިމާވެއްޓާއި ރަށްޓެހި އަދި ކަރަންޓް ހަރަދު ކުޑަ ލެޑް ބޮކިތަކެކެވެ. އެގޮތުން 200،000 ބޮކިން ދުވާލަކަށް 9،600 ޔުނިޓުގެ ކަރަންޓް ސަލާމަތް ކުރެވޭއިރު، އެއީ މަހެއްގެ މައްޗަށް އެވްރެޖުކޮށް 100 ޔުނިޓު ބޭނުން ކުރާ 2،400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *