މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށެވެ. އަދި މިއަހަރު މިހާތަނަށް 60,793 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު, މާޗު މަހާ އަޅާ ބަލާއިރު އޭޕްރީލް މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ދަށްވެފައި ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެދިޔަ ތިން އަހަރުގެ ޖެނުއަރީން އޭޕްރީލް މަހަށް ޑެންގީ ޖެހުނު މިންވަރަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މީހާތަނަށް 926 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ ބުނެއެވެ. ނަމަވެސް، އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށާއި، މިއަހަރު މިހާތަނަށް 26 މީހުން އިންފުލުއެންޒާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *