ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށާއި ދިވެހިރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދުމަށް ދާ ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ނުބެލެހެއްޓި ހިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ އެޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"އައިސީޔޫގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީތައް ހަލާކުވެފަ ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރުވެސް މި ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ މި ޕާޓީން ކަންބޮޑުވޭ " ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމްއިން ބުނީ އައިސީޔޫ އަކީ ގިނަ އަދަދެއްގެ ބަލިމީހުން އެތަނެއްގައި އޮންނަ ތަނެއް ކަމަށާއި ނަމަވެސް އެތަނުގެ ހާލަތު ގޯސްވެގެން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ރައްޔިތުންނެއް ސިއްހީ ހިދުމަތް ހޯދުމަށް ދާ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެޕާޓީން ވަނީ އައިޖީއެމްއެޗުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

"ރައްޔިތުންނެއް ސިއްހީ ހިދުމަތް ހޯދުމަށް ދާ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއް،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އައިޖީއެމްއެޗަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވީ އިރު، ހޮސްޕިޓަލްގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *