ލަންކާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރެއިން އެ ގައުމުގެ އެންމެ ބޮޑު ޕާސްޓާ ފެކްޓަރީ އަންދާލައިފިއެވެ.

އެ ފެކްޓަރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެ ފެކްޓަރީއަކީ ލަންކާގެ މުސްލިމު ވިޔަފާރިވެރިއެއް ހިންގަމުން އަންނަ ތަނެކެވެ.

ލަންކާގެ ނޫސްތައް ބުނާ ގޮތުގައި، އެ ފެކްޓަރީ ރޯކޮށްލާފައިވަނީ އަލިފާން ރޯކޮށްފައި ހުރި ޓަޔަރުތަކެއް އެ ފެކްޓަރީގެ ތެރެއަށް އުކައިގެންނެވެ.

އީސްޓާ ސަންޑޭގައި ލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ވަނީ ބޮޑެތި ގޮން ޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެގައުމުގެ މުސްލިމުން ދިރިއުޅޭ ގެތަކަށް ގެއްލުންދީ ބައެއް މިސްކިތްތަކަށް ގެންލުންދީ، ބޮޑެތި ހަމަނުޖެހުންތައް ހިންގާތީ އެގައުމުގައި ވަނީ ކާފިއު އިއުލާންކޮށް، ތިންވަނަ ފަހަރަށް އެގައުމުގައި މީސްމީޑިއާ ބޮލޮކް ކޮށްފައެވެ.

ލަންކާގެ ސަރުކާރުން ބުނީ މުސްލިމުންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މުސްލިމުންނަށް އަނިޔާކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *