ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުންނަ ތިން އިންޖީނުގައި މައްސަލަތަކެއްޖެހި ރައްޔިތުންނަށް ކަރަންޓްލިބުމުގައި ދަތިތަކާއި ކުރިމަތިވަމުން އެބަދެއެވެ.
ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް، މުހައްމަދު ޖަލީލް ވިދާޅުވީ އެރަށު އިންީނުގެއިން ކަރަންޓް ދެމުން ގެންދަނީ ޖުމްލައެކު 3 ޖަނަރޭޓަރުން ކަމަށާއި އެއީ 400 ކިލޯ ވޮޓްސްގެ ދެ އިންޖީނާއި 250 ގެ އެއް ޖަނަރޭޓަރ ކަމަށާއި، އެގޮތުން ފުރަތަމަ މައްސަލަ ޖެހިފައިވަނީ އޭގެއިން 400 ކިލޯ ވޮޓްސްގެ އިންޖީނެއްގައި ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 10:30 ރަށުން ކަރަންޓް ގޮސްފައިވަނީ 400 ކިލޯ ވޮޓްސްގެ އިންޖީނެއްގައި މައްސަލަ ޖެހިގެން ކަމަށެވެ.
" މި ރަށުގައި ހުންނަނީ 3 ޖަނަރޭޓަރު. އެއީ ހަތަރެސްތޭކަ ކިލޯގެ ދެ އިންޖީނާއި 250 ގެ އިނޖީނެއް. އޭގެއިން ކަރަންޓް ދޭ އިރު އާންމު ގޮތެއްގައި މިހާރު 3 އިންޖީނުވެސް ބޭނުން ކަުރަމުން ގެންދަނީ" ޖަމިލް ވިދާޅުވިއެވެ.
މީގެ އިތުރުން އެބޭފުޅާ ހާމަކުރި ގޮތުގައި ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް 400 ކިލޯ ވޮޓްސްގެ 1 ޖަނަރޭޓަރު ހުންޓި ކަރަންޓް ކެނޑުމާއެކު ބެލި ބެލުމުން އެ އިންޖީނުގެ ޑައިނަމޯ އަދާފައިވާކަން އެނގިފައިވާ ކަމަށެވެ.
އަދި އިންޖީނުގެ ޕެނެލްއަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން 250 ކިލޯވޮޓްސްގެ ޖަނަރޭޓަރު ސިންކް ވުމުގައި މައްސަލަތަކެއް ދިމާވެ އެ އިންޖީނުންވެސް ކަރަންޓް ދެވޭގޮތްވަނީ ނުވެފައެވެ.
ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އެރަށު މީހެއް ބުނި ގޮތުގައި އިންޖީނުގޭގައި ހުރި 2 އިންޖީނަށް ދިމާވި މައްސަލައާއި ގުޅިގެން، ރަނަގޅަށް ހުރި އިންޖީނުން މިހާރު ކަރަންޓް ދެމުން ގެންދަނީ ރަށުގެ ބައިބަޔަށް ވަކިންނެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް މި ފަހުން އައިސް ދަނީ ކަރަންޓްގެ ބޮޑެތި މައްސަލަތަކެއް ޖެހެެމުންނެވެ.