ހުވަދުއަތޮޅު ދެކުނުބުރިއަށާއި އުތުރުބުރީގެ ރަށްތަކުގެ ކައުންސިލްތައް، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި މަސްލަހަތުވެރިންނާއި ބައްދަލުކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު، އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢިދު އަދި ޓޫރިޒަމް މިނިސްޓްރީއާއި  އެމް.އައި.ޓީ.ޑީ.ސީގެ އޮފިޝަލުން ފުރައިވަޑައިގެންފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީއިން ނެރުން ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރުފުޅަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުުރުވެރިކަން ކުރިއެރުވުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ބެލުމަށްޓަކައި ގެސްޓްހައުސް ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނަށާއި ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިޒަމް މިނިސްޓްރީއިން ކުރައްވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ހުވަދުއަތޮޅަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުކަމަށެވެ.

ހުވަދުއަތޮޅުގެ ދެކުނުބުރިއަށާއި އުތުރުބުރިއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން ފެށިގެން 16 އާ ހަމައަށެވެ.

އެ ދަތުރުފުޅުގެ މައިގަނޑު މަޤްޞަަދަކީ ހުވަދޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލީ ލަފާ ހޯދުންކަމަށްވެސް ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރ ޒިޔާރަތް ކުރައްވާނެ ރަށްތަކަކީ ގދ.ތިނަދޫ، ގދ. ކާނޑެއްދޫ، ގއ. ވިލިނގިލި، ގއ.ކޫއްޑޫ އެވެ. އަދި ގދ.ތިނަދޫ ކައުންސިލް، ގއ.އަތޮޅު ކައުންސިލް، ގއ.ވިލިނގިލި ކައުންސިލް އަދި މަސްލަހަތުވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *