ރާއްޖޭގެ ޓޫރިޒަމްގެ ވޭތުވެ ދިޔަ 13 އަހަރުގެ ރެކޯޑަކާއެކު، މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 36.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 36.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މިއީ މި ސާސްކަފްގައި ވެސް އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް. މި ކުރިއެރުން ލިބިފައި ވަނީ މުޅި އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ރާއްޖެއަށް އައި ހަމަޖެހުމުގެ ނަތީޖާ،" އަލީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 190،713 މީހުން ވަނީ އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 646،092 މީހުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 539،816 މީހުންނާ އަޅާ ބަލާއިރު 19.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަރު ޖުމްލަކޮށް ހުރިހާ ގައުމުތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ މިންވަރު ގިނަ އެވެ. އެގޮތުން ބަލާއިރު ޗައިނާއިން 95،272 މީހުން އައި އިރު އިންޑިއާއިންރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ 7.6 އިންސައްތަ އިތުރުވެފައެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *