ފަނަރަ އަަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވިހެއި ދަރިފުޅު މަރުވި މައްސަލަ ގާތުން ބަލަމުން އަންނަ ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ޖެންޑަރ އަށް ރިޕޯޓް ކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މިހާރު އެމައްސަލަ ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
އެ އަންހެން ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި، ނަމަވެސް އެކުއްޖާ އަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 15 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި މިހާރު ވަނީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފަހަރު އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލަ ޖެންޑާ އާއި ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.