ނިމިގެންދިޔަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިލެކްޝަންސް ކޮމިޝަންއަށް އަންގައިފި އެވެ.

އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ މައްޗަށް ޖިނާއީ ދައުވާކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން ވަކި ގޮތަކަށް ކުރަން ގާނޫނުގައި ކަނޑައެޅިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކޮށްފި ނަމަ، އެއީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *