ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގެ ގޯލްޑް ޕާރޓްނަރަކަށް ހޮސްޕިޓޭލީ އެންޑް ރީޓެއިލް ސިސްޓަމްސް، އެޗްއާރއެސް އިންޓަނޭޝަނަލް ހަމަޖައްސައިފިއެވެ.

ޓީޓީއެމް ފެއާގެ ގޯލްޑް ޕާޓްނަރަކަށް އެޗްއާރުއެސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ހޮސްޕިޓޭލީ އެންޑް ރީޓެއިލް ސިސްޓަމްސް، އެޗްއާރއެސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފެވެ. އަދި ޓީޓީއެމް އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ ހުސައިން ސަނީ އުމަރެވެ. 

އެޗްއާރއެސް އިންޓަރނޭޝަނަލްގެ އިތުރުން ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް މޯލްޑިވްސް ގޭޓްވޭސްއިން ހަމަޖައްސާފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސްއެވެ.

އެޗްއާރއެސް އިންޓަރނޭޝަނަލްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މީގެ އިތުރުން ވެސް ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓިންގ ގެ މަސައްކަތްތަކާއި ހާޑްވެއަރ އަދި ސޮފްޓްވެއަރ މަސައްކަތްތައް ވެސް މި ކުންފުނިންކޮށްދެއެވެ. 

ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓްވޭސްއިން ހާމަކުރައްވައެވެ. 

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓްވޭޒްއިން ހާމަކުރައްވައެވެ. މިއަހަރުގެ ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ. 

އެ ގޮތުން މި ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.   

ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *