މިމަހުގެ ދިހަވަނަ ދުވަހު ރިލީސް ކުރި "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަށް ހީކުރިވަރަށް ބެލުންތެރިންގެ ސަޕޯޓެއް ނުލިބުނެއެވެ.  

ޓައިގާ ޝްރޯފް، ތާރާ ސުތާރިއާ އަދި އަނަންޔާ ޕާންޑޭ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމަށް ދަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވަމުންނެވެ. ފުރަތަމަ ހަފްތާ ބަންދުގައި ފިލްމަށް ލިބުނު އާމްދަނީއަށް ބަލާއިރު، އެ ފިލްމަށް ލިބިފައި ވަނީ 38.83 ކޮރޯޑް ރުޕީޒް އެވެ. ފުރަތަމަ ދުވަހަށް ވުރެ ދެވަނަ ދުވަހު ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަކީ ކަރަން ޖޯހަރު 2012 ވަނަ އަހަރު ރިލީޒްކުރި 'ސްޓުޑެންޓް އޮފް ދަ އިޔާ'ގެ ސީކުއެލް އެވެ. ފިލްމުގެ އާމްދަނީ އެހާ ދަށް ނޫން ނަމަވެސް، ފިލްމަށް ކްރިޓީކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ ލިބެމުންނެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު މަދުވީ އަދި ވެސް އިންޑިއާގެ ބައެއް ހިސާބުތަކުގައި އިލެކްޝަން ކުރިއަށް ދިއުމުގެ އިތުރުން، އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލް މެޗް އޮތް ދުވަހާ ދިމާވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *