ލީޑް ރޯލުން ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ޝާހިދު ކަޕޫރް އަދި ކިއާރާ އަދުވާނީ ފެނިގެންދާ ފިލްމު "ކަބީރު ސިންގް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

"ކަބީރު ސިންގް" އެ ފިލްމަކީ ކާމިޔާބު ތަމަޅަ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރިމޭކެކެވެ. އެ ފިލްމަކީ ލޯބިވި އަންހެން ކުއްޖާ ދޫކޮށްފައި ދިއުމުން މަސްތުވާތަކެއްޗަށް ގޮސް ހުސްވެފައިވާ ފިރިހެނަކު އަނބުރާ އެ އަންހެން ކުއްޖާ ހަޔާތަށް އައުމުން، މަސްތުވާތަކެއްޗާއި ދުރުވާން ކުރާ މަސައްކަތް ކިޔައިދޭ ފިލްމެކެވެ.

އެފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ޝާހިދު މަސްތުވާތަކެއްޗަަށް ގޮސް ހުސްވެފައިވާ މަންޒަރެވެ. އެކަމަކު ޓްރެއިލާއިން ފެންނަ ގޮތުން ޝާހިދު އެ ނުބައި އަނދަވަޅަށް ވެއްޓުނީ ކޮލެޖަށް ކިޔަވަން ގޮސް އުޅެނިކޮށް ހިތާވި އަންހެން ކުއްޖާ އޭނާ ދޫކޮށް ދިއުމުންނެވެ. އެކަމަކު ފަހުން އޭނާ ލިބޭ މަންޒަރު ވެސް ފެނެއެވެ. ބެލެވޭ ގޮތުގައި ފަހުން އަންހެން ކުއްޖާ ލިބުމުން އެ ކަމުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތް ފިލްމުން ފެންނާނެއެވެ.

"ކަބީރު ސިންގް" އިން ޝާހިދު ކަޕޫރު އަދި ކިއާރާ އަދުވާނީގެ އިތުރުން، ސުރޭޝް އޮބްރޯއީ ވެސް ފެނިގެންދާނެއެވެ.

އެ ފިލްމު ބެލުންތެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ، މިއަންނަ ޖޫން މަހުގެ 21 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *