ރާއްޖޭގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލަ މިއަދު ހެނދުނު 7:10 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
އާންމުގޮތެއްގައި މިފަދަ ކުޑަކުދިންގެ މައްސަލަތަކުގެ މާގިނަ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވަނީ އެ ކުއްޖާގެ ވަރަވަރު ހާމަނުކުރުމަށް މީޑިއާގައި އެދިފައެވެ.