ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ ދެ މެންބަރުންނާއި ތިން މުވައްޒަފުންގެ ވަފުދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ޒިޔާރަތުގެ ތެރެއިން މިއަދު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އާއި ބައްދަލުކުރައްވައިފިއެވެ.
މި ޒިޔާރަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މި ބޭފުޅުންނަށް މަރުހަބާ ދެންނެވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ.
އެ މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި ރާއްޖޭގެ ތިމާވެށީގެ ހާލަތާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.