އަވައްޓެރި ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފިއެވެ. ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ ނުވަޔަކަުން ފެށިގެން މިރޭ ފަތިހު ހަތަރަކާ ހަމަޔަށެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ކޮށްފައިވާ ޓުގައިވަނީ ކާފިއު އިއުލާންކޮށްފައިވާ ގަޑީގައި ލަންކާގައި ދިރިއުޅެމުންދާ ދިވެހިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ލަންކާގެ ސަރުކާރުން އަންގާ އެންގުންތަކާއި އެއްގޮތައް އަމަލްތައް ބެހެއްޓުމަށްވެސް އެ ޓުވީޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ލަންކާގައި ކާފިއު އިއުލާންކޮށްފައި މިވަނީ ލަންކާގައި މުސްލިމުންނާއި ދެކޮޅަށް އިއްޔެ އާއި ރޭގެ ވަގުތު ތަކުގައި ހަމަލާތައްދީ ހަމަނުޖެހުންތައް އުފައްދަމުންދާތީއެވެ.
އުތުރު ހުޅަނގު ޕްރޮވިންސްއާއި ގަމްޕަހާއަށް ފުރަތަމަ ކާފިއު އިއުލާންކުރި ނަމަވެސް، މިހާރު ލަންކާގެ ހުރިހާ ސަރަހައްދަކަށް ވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ. ލަންކާގެ ސިފައިން ވަނީ ހަމަނުޖެހުންތައް ހިންގައި، އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކުރާނެ ފަދަ އިންޒާރެއް ވެސް ދީފައެވެ.