ހައިވޭގައި ދުއްވާފައިދިޔަ ކާރެއްގެ ފުރޮޅު ފަޅައިން ދިޔުމުން، މަޑުކޮށްގެން އޮއްވައި ފުލުހަކު ދުއްވާފައިދިޔަ ސައިކަލުން ޖެހި، ފުުލުސް މީިހާއަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ، މިއަދު 3:15 ގައި މި އެކްސިޑެންޓު ހިނގީ ކާރުގެ ފުރޮޅެއް ފަޅައިގެން ދިއުމުން ހައިވޭގެ އެއްފަރާތުގައި މަޑުކޮށްފައި އޮއްވައި، މާލެ އިން ހުޅުމާލެ އަށް ފުލުހަކު ދިޔަ ސައިކަލަކުން އެ ކާރުގެ ފަހަތުގައި ޖެހުމުން ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި، އުމުރުން 29 އަހަރުގެ އެ ފުލުސް މީހާ އަށް ފަރުވާ ދެމުން އަންނައިރު، އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ނޭފަތާއި އަނގައިން ލޭ އައިސް ދަތްދޮޅިން ތަންކޮޅެއް މަށައިގެން ގޮސްފައި ވެ އެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ދެމީހުންނަކީވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލޭ ސަރަހައްދުގައި 50 ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. 

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 4 ވަނަދުވަހުން ފެށިގެން 10 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުން އެކަނިވެސް 56 އެކްސިޑެންޓް ހިގައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވެރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *