60 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 03:52 ހުޅުމާލެ ޕެޓްރޯލް ކުރުމުގެ ތެރެއިން ޑިންގީއެއްގައި ގެނެސް ހުޅުމާލޭ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރިއަށް ބޭލި ފޮށިތަކެއް ޓެކްސީއަކަށް އަރުވަައިގެން ދަނިކޮށް ހިފަހައްޓައިފައިވާކަމަށެވެ.

އެ ފޮށިތައް ބަލައިފާސް ކުރިއިރު 60 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ޓެކްސީގައި ތިބި މީހުންގެ ތެރެއިން ދުއްވަން އިން ޑްރައިވަރު ވަނީ ފިލައިފައިކަމަށާއި ބަންގްލަދޭޝް މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ އުމުރަކީ 39 އަހަރެވެ.

މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ފުލުހުން އަންނަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *