ކޮޓަރިތެރޭގައި އަންނައުނު ހިއްކުމަކީ ހިތަށް ކުޅަދާނަ ނުވިޔަސް މިވަގުތު ގިނަ ދިވެހިންނަށް މަޖުބޫރުވެފައިވާ ކަމެކެވެ. ޚާއްސަކޮށް މާލޭގައި އަންނައުނު ހިއްކަން ބޭރުގައި އަޅާނެ ޖާގައެއް ނޯވެއެވެ. އިރުގެ އައްޔަށް އަންނައުނު ދިއްކޮށްލެވޭނެ ގޮތެއް ނޯވެއެވެ. ކޮޓަރިތެރޭގައި އަންނައުނު ހިއްކަން ދިވެހިން ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީ އަންނައުނު ހިކޭއިރު ތަތްމުޑުވަސް ހިފާފަހުރުމެވެ. އެކަމުގެ ސަބަބުން ގައިން ނުވަތަ ލާފަ ހުންނަ ހެދުމުން ދާވަސް ދުވާތީއެވެ. ފިކުރުކުރާނެކަމެއް ނެތެވެ. "ކައޯ އެޓޭކް" އަކީ ތިޔަ މައްސަލައިގެ ހައްލެވެ.

"އެޓޭކް" އަކީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ޖަޕާނުގެ "ކައޯ ކޯޕަރޭޝަން"ގެ އުފެއްދުމެކެވެ.. ކައޯ "އެޓޭކް" ޑިޓަރޖެންޓް ބޭނުންކޮށްގެން ދޮންނަ ކަމުގައިވާނަމަ ދާއަންނައުނު ތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލައެވެ. އަދި ހެދުމުގައި ހުންނަ ދާވަސް އެއްކޮށް ކަނޑާލައެވެ. "އެޓޭކް" ބޭނުންކޮށްގެން ދޮންނަ އަންނައުނު ތަކުގައި ބެކްޓީރިއާ އުފަންވުންވެސް ހުއްޓުވައެވެ. ހެދުމުގައި ދާވަސް ދުވަނީ ބެކްޓީރިއާގެ ސަބަބުން ކަމަށްވާއިރު"އެޓޭކް ވޮޝިންގ ލިކުއިޑުން" ބެކްޓީރިއާތައް ނައްތާލައެވެ. މީގެ ސަބަބުން، ބަބުުރުވަސް ފަދަ ވަސްތައް އެ އަންނައުނުތަކުން ނުދުވާނެއެވެ.

"އެޓޭކް" ޑިޓަރޖެންޓަކީ ރާއްޖެއަށް ވަރަށް ޚާއްސަ ބްރޭންޑެކެވެ. އަންނައުނު އަވިން ހިއްކަން ބޭނުންވިޔަސް މި ފުރަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ފުރުސަތެއް ނެތެވެ. އެހެންކަމުން ޖެހެނީ ކޮޓަރީގައި ނުވަތަ ސިޓިންގ ރޫމުގައި ކޮންމެވެސް ގޮތަކަށް އަންނައުނުތައް އަތުރާލާށެވެ. އެގޮތަށް ކޮޓަރިތެރޭގައި ހިއްކުމުން ތަތްމުޑުވަސް ހުންނާތީވެ ކަނބަލުންގެ ކަންބޮޑުވުން އިންތިހާއަށް ހުރެއެވެ. ފިރިމީހާ ލާ ގަމީހުން ތަތްމުޑުވަސް ދުވާކަށް އެއްވެސް އަނތްބަކު ބޭނުމެއް ނުވާނެއެވެ. އެނގޭހެއްޔެވެ. އެޓޭކް ބޭނުންކޮށްގެން ދޮންނަ އަންނައުނު ކޮޓަރީގެ ތެރޭގައި ހިއްކިޔަސް ތަތްމުޑުވަހެއް ނުދުވާނެއެވެ. އަދި ފަސޭހަކަމާއެކު ގޭތެރޭގައި ހިއްކާލެވެނޭއެވެ. އެހެންކަމުން ކަނބަލުންގެ ކަންބޮޑުވުންތަކަށް މިއޮތީ ފުރިހަމަ ހައްލެކެވެ.

އެޓޭކް ބްރޭންޑްގެ ޑިޓަރޖެންޓުގެ 02 ސައިޒެއް މިވަގުތު ވެސްޓްރޭޑުން ވިއްކައެވެ. އެއީ 1.8 ކިލޯ ގުރާމާއި، 3.6 ކިލޯގުރާމެވެ.

މިވަގުތު "އެޓޭކް" ބްރޭންޑްގެ ފަސް ބާވަތެއް ވިއްކަމުންދެއެވެ. އެގޮތުން މިވަގުތު ވިއްކަމުންދާ ބާވަތްތަކީ؛

  • އެޓޭކް "ފުރުޓީ" ޑިޓަރޖެންޓް
  • އެޓޭކް "ސްވީޓް ފޮލޯރަލް" ޑިޓަރޖެންޓް
  • އެޓޭކް "އަލްޓަރާ ޕަވާރ" ޑިޓަރޖެންޓް
  • އެޓޭކް "ކަލަރ" ޑިޓަރޖެންޓް
  • އެޓޭކް "ސޮފްނާ ޕްލަސް" ޑިޓަރޖެންޓް މިއެވެ.

އެޓޭކް ރާއްޖެއެތެރެކޮށް މާކެޓްކުރަނީ ވެސްޓްރޭޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

ވެސްޓްރޭޑަކީ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތައްކަމަށްވާ އެމެރިކާ، ޔޫކޭ، ޖަޕާން އަދި އިންޑިއާގެ އުފެއްދުންތަކުގެ ގިނަ ބްރޭންޑްތަކެއް ރާއްޖޭގައި މާރކެޓުކޮށް ޑިސްޓްރިބިއުޓު ކުރާ ކުންފުންޏެކެވެ. ވެސްޓް ޓެރޭޑަކީ އޮންލައިން ވިޔަފާރި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ކުރަމުން ދާ ކުންފުންޏެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއް އެތެރެކޮށް ވިއްކަމުންދާ ވެސްޓްރޭޑުގެ ފަރާތުން "އެޓޭކް" ޑިޓަރޖެންޓް ވިއްކަން ފަށާފައިވާއިރު ރާއްޖޭގެ ގިނަ ރީޓެއިލް ފިހާރަތަކުން މި ބްރޭންޑް ލިބެން ހުންނާނެކަމަށް ވެސްޓްރޭޑްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ މުޙައްމަދު ވިދާޅުވިއެވެ.

ވެސްޓްރޭޑްގެ އަމާޒަކީ ކޮލިޓީ ބްރޭންޑްތަކެއް ހިތްހަމަޖެހޭވަރުގެ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށްވެސް ޢަލީ ވިދާޅުވިއެވެ.

އެޓޭކް ބްރޭންޑްގެ ޑިޓަރޖެންޓްތައް މާލޭގެ އިތުރުން، އައްޑޫ، ފުވައްމުލައް ކުޅުދުއްފުށީގެ އިތުރުން ތިނަދޫގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް ޢަލީ ވިދާޅުވިއެވެ. އަދި ހޯލްސޭލްކޮށް، ރީޓެއިލްކޮށް ވެސްޓްރޭޑުން ލިބެން ހުންނާނެކަމަށްވެސް ޢަލީ މަޢުލޫމާތުދެއްވައެވެ. ރީޓެއިލުކޮށް އައިޓަމެއް ގަނެވޭނީ އޮންލައިން ކޮށެވެ. 

ވެސްޓްރޭޑުން އެޓޭކް ބްރޭންޑްގެ ޑިޓަރޖެންޓްގެ އިތުރުން، ގިނަ ބާވަތްތައް ހޯސޭލުކޮށް ރީޓެއިލުކުރެއެވެ. އެގޮތުން، ގޭތެރެ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ އިތުރުން، ބޮޑީ ސުޕްރޭ، ޕާރފިއުމް އަދި ބޮޑީ މިސްޓްގެ ބާވްތައް ވެސްޓްރޭޑުން ލިބެން ހުންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *