މިދިޔަ އަންގާރަ ދުވަހު، މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އީރާންގެ ބޯޓު އަދި އެއްކޮށް ފާސްކޮށްބަލާ ނެހެދޭކަމަށް ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށްވަނީ ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. އޭގެ ފަހުން އެ ބޯޓު ފުންކުރި ވާހަކަ ފުލުހުން ހާމަކުރިނަމަވެސް ބޯޓު މިހާރުވީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

އެ ބޯޓް އަތުލައިގަތް ދުވަހު ފުލުހުން ބުނީ އެ ބޯޓުން ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އިތުރު މަސްތުވާތަކެތި ހުންނާނެ ކަމަށް ބަލައި ފާސް ކުރަމުން އަންނަ ކަމަށްވެސް އެ ދުވަހު ބުންޏެވެ.

މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އީރާނުގެ ބޯޓްތައް މީގެ ކުރިން ވެސް ވަނީ އަތުލައިގެންފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *