ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މަތިވުމާ ގުޅިގެން ފަރުތަކުގެ ގާހުދުވާނެ ކަމަށް ލަފާ ކުރެވޭތީ ފަރުތަކަށް ގެއްލުމެއްވާ ފަދަ ކަމެއް މިވަގުތު ނުކުރުމަށް މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން އެދިއްޖެ އެވެ.
އެ ސެންޓަރުން ބުނީ ސެޓެލައިޓް މައުލޫމާތަށް ބަލާއިރު ފަރުތައް ހުދުވުމުގެ މައްސަލާގައި މިވަގުތު ރާއްޖެ އޮތީ "ވޮޗް ލެވެލް" ނުވަތަ ދެވަނަ ގިންތީގައި ކަމަށެވެ، ނަމަވެސް ކުރިއަށް އޮތް ހަފްތާގައި "ވޯނިންގް ލެވެލް" ނުވަތަ އިންޒާރުގެ ގިންތި އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ އެ ސެންޓަރުން ބުނެފައިވެއެވެ.
".ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ބީޗް ނަރިޝިން ފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރަމެވެ،" އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ވެއެވެ.
އެ ސެންޓަރުން އިތުރުން ބުނީ ގާހުދުވާކަން ފާހަގަކުރެވޭނަމަ އެފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ފޯމެއް މެދުވެރިކޮށް އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ފޯމު ފުރުމަށްފަހު ފޮނުވަން ޖެހެނީ[email protected] އީމެއިލް އަށް ކަމަށެވެ.
އަދި ފަރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ރާއްޖޭގެ އިންތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެތިކަމާއި، ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ފައިދާ ކުރާނެ ކަމެއް ކަމުގައި އެބަނުގައި ބުނެފައިވެއެވެ.