މޯލްޑިވިއަން އައިޑޮލް ޝޯވްގެ ޖަޖް އަދި ރާއްޖެއަށް ނަން މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި ކުޅަދާނަ ޕްރެޒެންޓަރ އިބްރާހީމް ހަމީޝްގެ ދެމަފިރިންނަށް ފުރަތަމަ ފަހަރަށް ދަރިއަކު ލިބިއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި އުނޫޝާ ވިހެއީ ފިރިހެން ކުއްޖެކެވެ. އުނޫޝާއާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅެވެ.

ނިމިގެންދިޔަ 2018 ވަނަ އަހަރު އުނޫޝާއާއި އޭނާގެ ފިރިމީހާ ވަނީ އެދެމަފިރިންގެ ކައިވެނީގެ 10ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައެވެ.

އުނޫޝާއަކީ މުޅި ދިވެހިރާއްޖެވެސް ފަޚުރުވެރިވާ ވަރުގެ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އުނޫޝާ ވަނީ ބޭރުގެ ބައެއް ގައުމުތަކުގެ ފިލްމުތަކަށްވެސް ލަވަ ކިޔައިދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *