ހިތްގައިމު މަންޒިލެކެވެ. ދަގަނޑު ހޮޅިތަކަކާއި ހުދު ސަތަރީގެ ހިޔަލުގައި މާލޭގެ ހުޅަނގު ފަރާތުގައި މުދާ ބާލައި އެރުވުމަށް ހާއްސަކޮށްފައި އޮންނަ "ޓީ ޖެޓީ"ގެ އުތުރު ކަންމައްޗަށް ވާގޮތައް، އެސްޓީއޯ ފުޑްކޯޓުގެ ޔުނިޓް 19ގައި އެހުރީ ސަރަހައްދުގެ މާހައުލާވެސް ގުޅޭ "ޓީ ޖެޓީ"އެވެ. ކައިރީގައި ސައިކަލު ޕާކު ކުރެވޭނެހެން އަދި ފަސޭހައިން ވަދެ ނުކުމެވޭނެ ހިތްގައިމު މަންޒިލެއްގައި ހުރި "ޓީ ޖެޓީ"އިން މިވަނީ ހިނގަމުން މިދާ ރަމަޟާން މަހުގެ އިފްތާރު ނުވަތަ ރޯދަވީއްލުމަށް ހާއްސަ ޕެކޭޖުތަކެއް ތައްޔާރުކޮށްފައެވެ. ތަފާތު ރަހަތަކާއި އެކު ކަސްޓަމަރުން އެންމެ ބޭނުންވާނެ ގޮތަށެވެ.
އެސްޓީއޯ ފުޑްކޯޓުގައި ވާދަވެރި އެތަކެއް ތަނެއް ހުރި އިރު "ޓީ ޖެޓީ"އިން މިވަނީ އެމީހުންގެ އިފްތާރު މެނޫ ހުރިހާ ފަންތިއަކަށްވެސް އެކަށޭނެ ގޮތެއްގައި، އަތްފޯރާ އަގުތަކެއްގައި ތައްޔާރުކޮށްފައެވެ. ޓީ ޖެޓީއިން ރޯދަ ވީއްލުމަށް ޚާއްސަ ދެ މެނޫއެއް އާންމުކޮށްފައި ވާއިރު ދެ މެނޫގެ އަގުގައިވެސް މާ ބޮޑު ފަރަޤެއް ނެތެވެ. ހުރީ ރަހައިގެ ކުޑަ ފަރަޤެކެވެ. އެގޮތުން އެއް މެނޫގެ އަގަކީ ބޮލަކަށް 180ރ އެވެ. އަނެއް މެނޫގެ އަގަކީ ބޮލަކަށް 200ރ އެވެ. 200ރ ގެ މެެނޫގައި ތަަފާތު ރަހަތަކުގެ ގިނަ ބާވަތްތަކެއް ހިމެނޭ އިރު އަގު ހެޔޮ މެނޫވެސް ތަފާތެވެ. އެ މެނޫތަކުގައި ހުރީ އެކި ޤައުމުތަކުގެ މަޝްހޫރު ކެއުންތަކެވެ. ދިވެހިން ވަންތަ ކެއުންތަކުގެ އިތުރުން ދިވެހިންގެ އަރުތެރެއިން އެންމެ ފަސޭހައިން އެތެރެވާނެ ފިނި ބުއިންތައް އެ މެނޫގައި ހިމެނެއެވެ.
ޓީ ޖެޓީގެ އިފްތާރު ހާއްސަވަނީ ކީއްވެ؟
ޓީ ޖެޓީގެ އިފްތާރު މެނޫ ޚާއްސަވާ އެންމެ ބޮޑު ސަބަބަކީ މޭޒަށް ޚިދުމަތްދިނުމުގެ އިތުރުން ބުފެޓު ޚިދުމަތްވެސް ލިބުމެވެ. އަދި 10 މީހުންނަށް ވުރެ އިތުރުވާ އޯޑަރ ތަކަށް 10 އިންސައްތަ އާއި 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންގެ އޯޑަރަށްވެސް ޓީޖެޓީއިން އިފްތާނު މެނޫއަށް ދެފަރާތް އެއްބަސްވާ އަގަކަށް ތަކެތި ތައްޔާރުކޮށްދެެއެވެ. ޓީ ޖެޓީ އިފްތާރު މެނޫ ރިޒަރވޭޝަން ހެއްދުމަށް 7351234އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބިގެން ދާއިރު، ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 2:00އާއި ހަމައަށް އޯޑަރ ނަގާނެއެވެ.
ޓީ ޖެޓީއިން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރެވެ. އެގޮތުން ޓީ ޖެޓީއިން މިވަނީ އެތަނުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ޓީ ޖެޓީގެ ފައުންޑަރ އަބްދުއްﷲ ވަހީދު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓީ ޖެޓީއިން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބިމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށްވެފައި، އެތަނުން ރޯދަވީއްލައިގެން އެފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.
ޓީ ޖެޓީ އަށް ރޯދަވީއްލަން ދާންވީ ކީއްވެ؟
ޓީ ޖެޓީ ހާއްސަވަނީ ހަމައެކަނި އެމީހުންގެ އިފްތާރު މެނޫ ފުރިހަމަ ކަމުންނެެއް ނޫނެވެ. ހިދުމަތް ފޯރުކޮށްދިނުމުގައި އެތަނުގެ ވެއިޓަރުން އެގެންގުޅޭ ހިތްހެޔޮކަމަކީވެސް އެތައް ކަސްޓަމަރުންނެއްގެ މޫނަށް ހިނިތުންވުން ގެނުވައިފައިވާ ކަމެކެވެ. އޯޑަރު ނެގި ފަރާތްތަކުން ޓީ ޖެޓީއަށް ވަދެ ގޮނޑީގައި ފޫ ޖައްސާލުމަށް ފަހު އެތަން ދޫކޮށް ދިޔުމާއި ހަމައަށް މި ދެންނެވި ވެއިޓަރުންގެ ހިތްހެޔޮ ހިދުމަތް ހިނިތުންވުމާއި އެކު، ރުންކުރުކަމެއް ނެތި ކަސްޓަމަރުންނަށް ލިބިގެންދެއެވެ. ކަސްޓަމަރުން ބޭނުންވާނެހެން އެންމެ ތާޒާ ތަކެތި ހޫނުކަންމަތީ ފޯރުކޮށްދިނުމަށް އެ ފަރާތްތަކުން އަބަދުވެސް ބަލައެވެ.
އިފްތާރަށް ޓީ ޖެޓީ ހާއްސަވާ އެތައް ކަމެއް އެބަހުށްޓެވެ. އެތަނުގެ އިފްތާރުގެ އަގާއި އެއްވަރަށް ރަހަވެސް ރަނގަޅެވެ. ކަސްޓަމަރުން ރޯދަ ވީއްލުމަށް ފަހު ޓީ ޖެޓީއިން ނުކުމެގެންދާނީ އިތުރު ފުރުސަތެއް ލިބުމުގެ ފޮނި އުންމީދާއި އެކުގައެވެ. އެއީ އެތަނުގެ ފަރާތުން ދޭ މަތިވެތި އުމްރާ ދަތުރެކެވެ.