ފިހާރައާއި ރެސްޓޯރެންޓްތަކުގެ ތެރެއިން 24 ގަޑިއިރު ހިންގުމުގެ ހުއްދަ ޖުމްލަ 14 ތަނަކަށް އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު ފިހާރައަކަށާއި އަދި 10 ރެސްޓޯރެންޓަށް ކަމަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިން 4 ފިހާރައަކީ، އެކްސްޕްރެސް މާޓް، ނިއު ޗެއިން، ޝޮޕް އެންޑް ސޭވް، އަދި އޭއެންޖީ ޓްރޭޑާސްއެވެ.
އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިން 10 ރެސްޓޯރެންޓް/ކެފޭ އަކީ، ސީ ހައުސް، ސެފްރޯން ކެފޭ، ނައިސް އެންޑް ސްޕައިސް، ވީވާ ކެފޭ، ރީޓްރީޓު ޑިލައިޓް، މާރުކޭޓު ހޮޓާ، ޑޮލްފިން ވިއު ކެފޭ، ނޯވެލް ބްރިސްޓޯ، އެމްޓީ ކެންޓީން، އަދި ސައުތު ވިންގް ކެފޭއެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގެ ދަށުން 24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭން ފެށީ މާޗު މަހު އެވެ.