މާލޭގައި ވެހިކަލް ލިމިޓް ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެހިކަލް ލިމިޓް ކުރުމަށް ފުލުހުންނާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީއާއި އަދި ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އަދި ކަމާއި ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އެގެންދަނީ މާލެއަކީ ދިިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހެދުމަށް ކަމަށާއި، ވަރަށް އަވަހަށް އެކަންވެސް ވާނެ ކަމަށްވެސް ޝަމާއު އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ.
ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މާލެ ސިޓީ ކައުންސިލުން އަންނީ ވެހިކަލްތައް ޕާކްުކުރުމަށް ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ ޕާކިން ޒޯންތަކެއް ހަދަމުންނެވެ. އަދި އެއާ އެކު މާލެގެ މަގުތަކުގައި ހުރި ވެހިކަލްތައް ނަގައި، މާލެ މަގަކީ ދުއްވާ މިހުންނާއި، ހިނގާ މީހުންނަށް ފެސޭގަ ތަނަކަށް ހެދުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.