ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލުގެ ފަރާތުން ހާއްސަ ހަފްލާއެއް މިއަދު ބާއްވައިފި އެވެ.

މިއަދު ހެނދުނު އޮތް އެ ހަފްލާފައި އެމްއެންޔޫ ނާސިން ސްކޫލުގެ ލެކްޗަރާއިންނާއި ދަރިވަރުން ބައިވެރިވި އެވެ. 

މީގެ އިތުރުން އެމްއެންޔޫގެ ކުޅުދުއްފުށި ކެމްޕަސްގައި ވެސް ވަނީ ދަރިވަރުންނާއި ލެކްޗަރާއިންނާއެކު ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކޮށްފަ އެވެ. ގައުމީ ޔުނިވަރސިޓީން ހާމަކުރާ ގޮތުގައި އެ ޔުނިވަރސިޓީގެ ނާސިން ސްކޫލުން 2388 ދަރިވަރުން ގްރެޖުއޭޓްވެފައިވެއެވެ. އަދި މިހާރުވެސް 1200 އަށް ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ.

އެމްއެންޔޫ އިން ކުރި ޓްވީޓެއްގައި ވަނީ ކުރީގެ ދަރުވަރުންނާއި، މިހާރުގެ ދަރިވަރުންނާއި އަދި ނާސިން ޕްރޮގްރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ ލެކްޗަރާއިންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ. 

ކޮންމެ އަހަރެއްގެވެސް މޭ 12 ވަނަ ދުވަހު ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ނަރުހުން މުޖުތަމައަށް ކޮށްދޭ އެކި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *