މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް (ފުލުހުން) ގުޅިގެން، އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް އަމާޒުކޮށް އެއްގަމު ދަތުރުފަތަރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދިނުން ކުރިއަށް ގެންދާނީ 3 ދުވަހުގައެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 60 ޑްރައިވަރުން ބައިވެރިވާއިރު، ޕްރޮގްރާމްގައި ޑްރައިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުންޏެވެ.
މިއީ އެމްޓީސީސީއިން އިސްނެގުމުގެ މަތިން ކުރިއަށް ގެންދަން ނިންމައިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ފެށުމުގެ ކުރިން މި ރޯދަމަސް ފެށުން ފަހުންވެސް އެމްޓީސީސީގެ ބަހުގައި ޖެހި ދެ އެކްސިޑެންޓެއް ހިނގައިފައެވެ. މިތަނުން އެއް އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފުރާނަ ގޮސްފައިވާއިރު، ފަހުން ހިނގި އެކްސިޑެންޓްގައި ޓެކްސީއަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.