ޚަބަރު
ސްމާޓްމީޓާ ޕްރޮޖެކްޓެއް ފަށައިފިން، އޭރަށް ކަރަންޓް ބޭނުންކުރެވޭ މިންވަރު އެނގޭނެ: މުއާޒް

ސްމާޓްމީޓާ ހަރުކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްގެންދާކަމަށާއި، އޭރަށް ދުވާލެއްގެ މައްޗަށް ކަރަންޓް ބޭނުންކުރެވޭ މިންވަރު އެ ކަސްޓަމަރަކަށް އެނގޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ ކޮންމެ ދުވަހަކު ގެއަށް އަރާ އަދަދު އަންދާޒާ ކުރެވޭ ވަރުގެ ސްމާޓް މީޓާ ޕްރޮޖެކްޓް މިހާރު ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. މި ސްމާޓްމީޓާ މެދުވެރިކޮށް ވަގުތުން ކަރަންޓް ބޭނުންކުރެވޭ މިންވަރު ބެލެން ހުންނާނެ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

މާދަމާ ނިމޭއިރު މިހާރު ބިލަށް އަރާވަރު އިންގޭނެ.

ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް އެބަޔަކު ބޭނުންވާ ވަރެއްގައި ބިލް ބެހެއްޓުމަށް މި ސްމާޓްމީޓާ އިން އިތުރަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ފެނަކައިގެ ފަރާތުން މިހާރު ބައެއް ރަށްތަކުގައި އެއްކޮށް މި ޕްރޮޖެކްޓު ފަށާފައިވާ ކަމަށެވެ. އެގޮތުން ދ. އަތޮޅުގައި މިހާރު ސްމާޓްމީޓާ ޕްރޮޖެކްޓް ފަށައިގެން ކުރިއަށް ދާއިރު، އެއަތޮޅުގެ ކުޑަހުވަދޫގަ މި ޕްރޮޖެކްޓް ނިންމާފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބިލަށް އަރާވަރު ސްމާޓްމީޓާގެ ޒަރީއާއިން އެންގިގެންދާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top