އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ގަން އިންޓަނޭޝަލް އެއާޕޯޓުން އަތުލައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެމީހާ ވައިމަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ، ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެންނެވެ.

ފުލުހުން ވިދާޅުވީ، އެމީހާ އުޅުން ގޮތުން ޝައްކުވެގެން، ހިފަހައްޓައި އެކްސްރޭ ނެގުމުން ވަނީ، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދަޅުތަކެއް ފެނިފައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެމީހާ ގަން އިންޓަނޭޝަލް އެއާޕޯޓުން ހައްޔަރުކުރީ، އިއްޔެ ހަވީރު 16:15 ހާއިރު ކަމަށާއި، އެމީހާއަކީ 44 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *