ވެރިރަށް މާލޭގައި ނިމިދިޔަ ހަފްތާ އެކަނިވެސް 56 އެކްސިޑެންޓް ހިނގައިފިއެވެ.

ފުލުހުން މިއަދު އާއްމުކުރި މި ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިދިޔަ ހަފްތާ ވަނީ 56 އެކްސިޑެންޓް ހިނގާފައެވެ.

މާލޭގައި މިދިޔަ ހަފްތާ 56 އެކްސިޑެންޓް ހިނގާފައިވާއިރު، އެތަނުން 11 އެކްސިޑެންޓެއްގައި ވަނީ މީހުންނަށް އަނިޔާވެފައެވެ.

18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި 2 މައްސަލައެއް ފުލުހުން ބަލާފައިވާއިރު، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 14 މައްސަލައެއް ވަނީ ބަލާފައެވެ. އަދި ހަތަރު ފުރޮޅު ލީ 13 އުނޅަދަކާއި 23 ސައިކަލެއް ޓޯ ކުރެވިފައިވާ ކަމަށް ވެސް ތަފާސްހިސާބު ތަކުން ދައްކައެވެ.


މީގެ އިތުރުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 417 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 99 މީހުން ވަނީ ހިފަހައްޓާފައެވެ. އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 57 މީހަކު ހިފަހައްޓާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *